އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެން ކުއްޖާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ފޭދޫ، ހަމްދަރުދީގޭ، ޙައްވާ ރާއިދާ މުނީރު، 19، އެވެ.
ރާއިދާ ހޯދަން ފެށީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް މިއަދު މެންދުރު 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ ރާއިދާ މިހާރު ފެނިފައިވާ ކަމަށާއި އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމު ރައްޔިތުންގެ ބަޔަކަށް ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.