މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓްފޮށި ބަހައްޓާނީ ދެ ގައުމެއްގައި އެކަނި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެގޮތުން އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ބަހައްޓާނީ ވޯޓް ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.
އީސީން ބުނީ ލަންކާ އާއި މެލޭޝިއާގައި ވެސް ބަހައްޓާނީ ޖުމްލަ ދެ ފޮށި ކަމަށެވެ. އެގޮތުން އެ ދެ ގައުމުގައި ވޯޓްފޮށި ބަހައްޓާ ތަންތަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބި ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް 4 ގަ އެވެ.
މި އިންތިހާބުގައި ޖުމްލަ 621 ވޯޓްފޮށި ބަހައްޓަން ހަމަޖެހިފައިވެ އެވެ.