Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

'ރޯދަ ކާނިވާ' ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫގައި ބާއްވަން ނިންމާފައިވާ "ރޯދަ ކާނިވާ" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ކާނިވާ އިންތިޒާމުކުރާ އައްޑޫ ސިޓީ ކައުންސިލުން ބުނީ ބައިވެރިވުމުގެ ފުރުސަތު މިހާރު މި މަހުގެ 15 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ބައިވެރިވާން ކުރިން ދިން މުއްދަތު ވަނީ އިއްޔެ އަށް ހަމަވެފަ އެވެ.

"ރޯދަ ކާނިވާ" އަކީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1-15 އަށް ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ.
އެގޮތުން ވިޔަފާރިތަކަށް 20 ފޫޓްގެ ސްޓޯލްތަކެއް ދޫކުރަން ހަމަޖެހިފައިވާ އިރު، ފީއެއްގެ ގޮތުގައި 1،500ރ. ނަގަން ހަމަަޖެހިފައިވެ އެވެ.

ކައުންސިލުން ބުނީ މި ބާޒާރުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި އޮންލައިން ވިޔަފާރިތަކާއ، ވިޔަފާރި ރެޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ އަށް އުފެއްދުންތެރި ކާނާގެ ބާވަތްތަކުގެ ވިޔަފާރިތަކަށް ކަމަށެވެ. ބާޒާރުގައި ވިއްކޭނީ ރާއްޖޭގައި ވިއްކުން ހުއްދަކޮށްފައިވާ ތަކެއްޗެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ މަހުގެ 17 އެވެ.