Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ދީނާ ހިލާފު ސިޔާސީ ފިކުރަށް ޖާގައެއް ނޯންނާނެ: ރައީސް

ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެކަން ކަމަށް ގޮވައިލާ ސިޔާސީ ފިކުރަށް ރާއްޖޭގައި ފުރުސަތު ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ޖުވާ ކުޅުމަކީ ޖިނާޢީ ކުށެއް ކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތް ކުރާނޭ ފަރާތްތަކައް އިންތިޚާބުތަކުން ފުރުޞަތު ލިބިގެން ދިއުން ވެގެން ދާނީ ރައްޔިތުން އަމިއްލަ އަށް ކުރާ ގޯސް ކަމަކަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ އާދައެއް ވެސް ހުންނަން ވާނީ އިސްލާމީ ޤައުމެއްގައި ހުންނަން ޖެހޭ ގޮތަށް ކަމަށާއި، އެ ޤައުމެއްގެ ކަންކަން އިސްލާޙު ކުރެވޭނީ އެ ޤައުމެއްގެ ފަރުދުންގެ އެފަދަ ޚިޔާލާތެއް ވެސް ހުރެެގެން ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަ ންދެނީ އިސްލާމް ދީނަށް ނަޞްރުދީ، އިސްލާމް ދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށް ކަމަށެވެ.

ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ގޯހެއް ކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މި ނެކިރައިފި މީހަކަށް، އެކަން ޤަބޫލުކުރެވޭނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.