Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން

މެންބަރު އިބްރާހިމް ޝުޖާއު- ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީން ކާމިޔާބުކުރާނީ ބޮޑު ތަފާތަކުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ މާލޭގައި ބޮޑު އޮފީހެއް ވެސް ހުޅުވާފަ އެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މާތްالله ގެ ވާގިފުޅާއެކު މި ޕާޓީން ކާމިޔާބުކުރާނީ ބޮޑު ތަފާތުން،" ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ޕްރައިމަރީ ބާއްވާފަ އެވެ. އެ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރި އެވެ. އެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފަ އެވެ.

ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވެ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 74،000 އިން މައްޗަށް އަރައިފަ އެވެ.