އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން މިދިޔަ މަހުގެ 29 ގައި ހުޅުވާލައި އިއްޔެ އަށް މުއްދަތު ހަމަވި އިރު، ކުރިމަތިލެއްވީ އަދާލަތު ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާނާއި އިކްރާމް އަބްދުއްސައްތާރެވެ.
ޝިފާންގެ ނައިބު ރައީސެއްގެ ގޮތަށް ހުށަހަޅާފައި ވަނީ އަބްދުﷲ އެވެ. އަދި އިކްރާމްގެ ނައިބެއްގެ ގޮތަށް ހުށަހަޅާފައި ވަނީ މުހައްމަދު މުއްތަލިބު އެވެ.
އަދާލަތު ޕާޓީއަށް އައު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމެޖެހިފައި ވަނީ މި މަހުގެ 31 ގަ އެވެ.
އެ ވޯޓު ނަގަން ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށެވެ.
މިހާރު އަދާލަތު ޕާޓީގެ ރައީސަކީ ޝައިހް އިމްރާން އަބްދުالله އެވެ. އަދި މިއީ އޭނަގެ މަގާމުގެ ދެވަނަ ދައުރެވެ.