ގްރީން ޓެކްހުގެ ގޮތުގައި މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު ޢާމްދަނީ އޭގެ ކުރީ އަހަރާ ބަލާ އިރު، 108 ޕަސެންޓް އިތުރެވެ. އެގޮތުން ޖުމްލަ 2،251،452،004ރ. ލިބިފައިވެ އެވެ.
މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 1،080،712،329ރ. އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސް ނަގަމުން އަންނަ ރޭޓުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6-12 ޑޮލަރަށް ވަނީ މަތިކޮށްފައިވެ އެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރަށް އިތުރުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ވަކިވަކި މަސްތަކުގައި ގްރީން ޓެކްހަށް ލިބުނު އަދަދުތައް:
* ޖެނުއަރީ: 108,263,248ރ.
* ފެބްރުއަރީ: 149,688,851ރ.
* މާޗް: 270,015,253ރ.
* އޭޕްރީލް: 226,663,544ރ.
* މެއި: 204,898,044ރ.
* ޖޫން: 163,267,600ރ.
* ޖުލައި: 159,675,943ރ.
* އޮގަސްޓް: 191,156,328ރ.
* ސެޕްޓެމްބަރު: 195,714,953ރ.
* އޮކްޓޯބަރު: 172,300,448ރ.
* ނޮވެމްބަރު: 191,058,842ރ.
* ޑިސެމްބަރު: 218,689,866ރ.
ގްރީން ޓެކުހަކީ، ތިމާވެެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ޓޫރިސްގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. އެގޮތުން ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ޓޫރިސްޓުން ވެސް ގްރީން ޓެކްސް ދައްކަން ޖެހެ އެވެ.