Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން

މި އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މިފްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް ޖުމްލަ 10،395،195ރ. ދޫކޮށްފައިވެ އެވެ. މިއީ، މިިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 64 ޕަސެންޓް ދަށް އަދަދެެކެވެ.

ފާއިތުވި 9 ދުވަހިު މަސްވެރިންނަށް ދޫކުރި ފައިސާ:

* ޖެނުއަރީ 1: 1،659،378ރ.
* ޖެނުއަރީ 3: 1،508،161ރ.
* ޖެނުއަރީ 5: 2،179،020ރ.
* ޖެނުއަރީ 6: 1،473،841ރ.
* ޖެނުއަރީ 7: 1،389،941ރ.
* ޖެނުއަރީ 8: 917،492ރ.
* ޖެނުއަރީ 9: 1،267،359ރ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މިކަން ތަންފީޒު ކުރަމުން އަންނަނީ 2024 އިން ފެށިގެންނެވެ.