Last Updated: June 6, 12:59
Saturday, June 6, 2026
މުނިފޫހިފިލުވުން

މިއޮތީ ޝާހިދުގެ "އޯ، ރޯމިއޯ" ގެ ޓީޒާ

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އާ ފިލްމު "އޯ، ރޯމިއޯ" ގެ ޓީޒާ ދައްކާލައިފި އެވެ.

އޭނަ ވަރަށް ތަފާތު ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ މި އެކްޝަން ތުރިލާ އަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ހަދާފައިވާ ފިލްމެކެވެ. "އޯ، ރޯމިއޯ" އަކީ ވިޝާލްއާ އެކު ޝާހިދު މަސައްކަތްކުރި ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ 2017 ގެ "ރަންގޫން" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އޯ، ރޯމިއޯ" ގެ ކާސްޓްގައި ޓްރިޕްތީ ދިމްރީ، އަވިނާޝް ތިވާރީ، ޑިޝާ ޕަޓާނީ، ނާނާ ޕަޓޭކަރް، ތަމަންނާ ބާޓިއާ، ފަރީދާ ޖަލާލު ހިމެނެ އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.

"މަގުބޫލް" އާއި "އޯމްކާރާ" އަދި "ސާތު ހޫނ މާފް" ފަދަ ފިލްމުތައް ގެނެސްދިން ވިޝާލްގެ އެންމެ ފަހުގެ ފިލްމަކީ 2023 ގައި ނެޓްފްލިކްސް އިން ގެނެސްދިން ސްޕައި ތުރިލާ "ކޫފިޔާ" އެވެ.