ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިޔު ސަރަހައްދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި ބަޔަކު ފުލުހަށް ހާޒިރުކޮށް ނަސޭޙަތް ދީފި އެވެ.
ފުލުހުން ބުނީ އެއާޕޯޓައި ހަމަނުޖެހުން ހިންގިކަމުގެ މައުލޫމާތު ރޭ 12:15 ކަންހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ހަމަނުޖެހުން ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް މައުލޫމާތު ނަގައި ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހަމަނުޖެހުުގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.