މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 7 ރިސޯޓެއް ހުޅުވާނެ ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރު ހުޅުވާނެ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑުތަކުގެ ރިސޯޓުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި އަލަށް 6 ރިސޯޓެއް ހުޅުވި އެެވެ. އޭގެ ތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސް އާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް އަދި ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު ހިމެނެ އެވެ. މީގެ އިތުރުން މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯ އާއި ރިއު ޕެލަސް ރިސޯޓު ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު 178 އަށް އަރަ ފައެވެ. މިއާއެކު ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީ 44،697 އަށް އަރަ އެވެ.
ރާއްޖޭގައި އަހަރުން އަހަރަށް ރިސޯޓްތައް އިތުރުވަމުން އަންނަ އިރު، އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމް ދާއިރާއަށެވެ. އަި ރާއްޖެ އަކީ ޓޫރިޒަމް ދާއިރާ އިިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ.