ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 23 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެ ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 5،680 މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. މިދިޔަ އަހަރު ކޯޓުގައި ރަޖިސްޓްރީކުރީ 5،142 މައްސަލަ އެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރު 6،718 މައްސަލަ ނިންމިއިރު އޭގެ ކުރީ އަހަރު ނިންމީ 5،432 މައްސަލަ އެވެ. އިޖުރާއީ ނިންމުމާއި އިހްތިސާސްއާ މެދު 126 ނިންމުމެއް މިދިޔަ އަހަރު ނިންމި އިރު އެ އަދަދު 2024 ގައި ހުރީ 135 ގަ އެވެ.
ދައުވާގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި ކޯޓު އަމުރާމެދު 166 މައްސަލަ މިދިޔަ އަހަރު ނިންމި އިރު އޭގެ ކުތީ އަހަރު ނިންމީ 103 މައްސަލަ އެވެ.