Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ތިން ކިލޯގެ ޑްރަގް މައްސަލައިގައި ބަންދަށް އިތުރު 30 ދުވަސް

ތިން ކިލޯއަ ށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.

އެ ދެ މީހުންނަކީ ޅ. ނައިފަރު، ފަލަކް، ޝާއިން ޢަލީ، 27، އާއި އއ. ފެރިދޫ، އިޙްރާމްގޭ އައިޝަތު މާޝާ އަޙުމަދު، 20، އެވެ.

އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހީ 5 ދުވަހެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ޙާޒިރުކުރުމުން، ދެ މީހުން ވެސް އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމުރުކޮށްފައިވެ އެވެ.

ޢަމުރުން އެނގޭގޮތުގައި، ތިން ކިލޯގެ ޑްރަގް ފެނުނު އެޕާޓްމަންޓް ކުއްޔަށް ނަގާފަ އިވަނީ މާޝާގެ ނަމުގަ އެވެ. އަދި އެ ދެމީހުން ތިބި ތަނުން ހާމައަށް މަސްތުވާތަކެތި ފެންނަން ހުރިކަން އެނގޭ ކަމަށާއި މަސްތުވާތަކެތި ފެނުނު ތަނުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާކަމަށް ކޯޓު ޢަމުރުގަވެ އެވެ.

މި މައްސަލައިގައި ހިމެނޭ ޝާއިން އަކީ ކުރިން ވެސް ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށް ބަންދު އަމުރުގައިވެ އެވެ.