Last Updated: July 10, 03:05
Thursday, July 9, 2026
ޚަބަރު

ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން ޝަމާހު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

އެ މަގާމަށް ޝަމާހް އައްޔަނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހު އެވެ.

ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޝަމާހުއަކީ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ދެވަނަ ފަރާތެވެ. މި ސަރުކާރުގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވީ ހުސައިން ފަހުމީ އެވެ.