މިފްކޯގެ ބެލުމުގެ ދަށުގައިވާ ކަނޑުއޮތްގިރިން ބޮޑުކަންނެލި ގަންނަން މިއަދު ފަށައިފި އެވެ.
ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފެށުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބަލާފަ އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިން ބޮޑުކަންނެލި ކިލޯއެއް 25ރ. ގެ މަގުން މިއަދުން ފެށިގެން މިފްކޯއަށް ކިރަމުންދާނެ ކަމަށެވެ.
ބޮޑުކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ އިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ބައެއް ކަަމަށާއި، އެ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުން ކަމަށެވެ. ނަމަވެސް މިހާރު އެކަންތައް ހަމަޖެހިގެން ގޮސްފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ކަނޑުއޮތްގިރިއަކީ ކަންނެލި މަސްވެރިކަމަށް ހާއްސަކޮށްގެން މިފްކޯއިން މީގެކުރިން ކާރުހާނާއެއް ހިންގި ރަށެކެވެ.