މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން މިއަދު ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ކުރިިއަށް ގެންދާ ހަރަކާތްތަކުގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި އެވެ.
ނަމަވެސް ހައްޔަރުކުރި މީސްމީހުންނަކީ ކޮން ތާކުން ހައްޔަކުރި ބައެއްކަމާއި އެ މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
މި އޮޕަރޭޝަނަަކީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
'އޮޕަރޭޝަން އަލިމަގު 'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްދާ އޮޕަރޭޝަންތަކެއް ފުލުހުން ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ގަ އެވެ. މި މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާ އިރު، 100 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެ އެވެ.