މި އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 61،463 ފަތުރުވެރިންނަށްވުރެ 12.9 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ. އެ ގައުމުން 13،157 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ގައުމުން 9،199 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.
ރާއްޖޭގައި މިވަގުތު 186 ރިސޯޓާއި 974 ގެސްޓްހައުސް އާއި 168 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،645 އެވެ.