Last Updated: June 6, 12:59
Saturday, June 6, 2026
ދުނިޔެ

ބެންކޮކްގެ ވައި ވެސް ވަރަށް ނުސާފު!

މި ދުވަސްވަރު ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާތީ އެކަމަަށް ސަމާލުވާން ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ މި މަހުގެ 9 އިން ފެށިގެން ބެންކޮކްގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވާ އިރު، ހާލަތު އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ މި މަހުގެ 12-15 އާ ދެމެދު ކަމަށެވެ. އަދި މުއްދަތުގައި ވައިގެ ނުސާފުކަން ވަރަށް ބޮޑަށް އިތުރުވެ، އެލާޓް ލެވެލް ރަތަށް އަރާނެ ކަމަށް ބުންޏެވެ.

އެހެންވެ ބީއެމްއޭ އިން ވަނީ ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން ނުސާފު ވައިން ރައްކާތެރި ކުރުމަށްޓަކައި ވަގުތީ ގޮތުން ގޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭން ވެސް އެދިފަ އެވެ. އަދި އާންމުން ވީހާ ވެސް ބޮޑަށް ބޭރަށް ނުކުތުން މަދުކޮށް، އަދި ކޮންމެހެން ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވެސް އެދިފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ބީއެމްއޭ އިން ބުނީ ބެންކޮކްގެ ވައިގެ ނުސާފުކަން ރަނގަޅުވާން ފަށާނެ ކަމަށް ލަފާ ކުރެވެނީ މި މަހުގެ 16 އާއި 17 ހިސާބުގައި ކަމަށެވެ.