Last Updated: July 15, 17:55
Wednesday, July 15, 2026
ޚަބަރު

ސްޓެލްކޯ ހިންގުން ވަގުތީ ގޮތުން އަޒްވަރާ ހަވާލުކޮށްފި

ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިއްޔެ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

ޝަމާހު، މަގާމުން ވަކިކުރެއްވުމަށްފަހު، ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އަޒްވާރުއާ ހަވާލުކޮށްފައިވަނީ ވެސް އިއްޔެ އެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހު ވަކިކުރުމުގެ އިތުރުން ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑް، ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޝަމާހުއަކީ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ދެވަނަ ފަރާތެވެ. މި ސަރުކާރުގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވީ ހުސައިން ފަހުމީ އެވެ.