Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ދިއްދޫން 21 ހެކްޓަރުގެ ބިން ހިއްކައިފި

ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެ ރަށަށް 115 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް 21 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. މިއާ އެކު މުޅި މަސައްކަތުގެ 18.75 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.

ދިއްދޫ ބިން ހިއްކަނީ ބޭނުން ބިޔަ ބޮޑު ޑްރެޖަރެއް ކަމަށްވާ ޓްރެއިން ސަކްޝަން ހޮޕަ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ޑްރެޖަރެކެވެ.

ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، އެ ރަށުގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއާޕޯޓު ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.