މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ އާ ފިލްމު 'ދަ ބްލަފް' ގެ ޓްރެއިލާ މި މަހުގެ 14 ގައި ދައްކައިލަން ނިންމި ކުރު ޓީޒާކޮޅެއް ދައްކާލައިފި އެވެ.
ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާގައި ޕްރިޔަންކާ ފެންނާނީ ކަނޑުފޭރޭ މީހެއްގެ ރޯލުންނެވެ. 'ދަ ބްލަފް'ގެ ކާސްޓްގައި ކާލް އާބަން، އިސްމާއީލް ކްރޫޒް ކޯޑޯވާ، ސާފިއާ އޯކްލޯ ގްރީން، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ހިމެނެ އެވެ.
މި ބެލުންތެރިިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.
ޕްރިޔަންކާގެ އެންމެ ފަހުން ފެނިފައި ވަނީ އޭނަގެ ފިރިމީހާ ނިކް ޖޯނަސް ހިމެނޭ އާއިލީ ބޭންޑް ޖޯނަސް ބްރަދާސްގެ ތިން ބެއިންނާ އެކު މިދިޔަ ނޮވެމްބަރު މަހު ގެނެސްދިން ކްރިސްމަސް މިއުޒިކަލް ކޮމެޑީ 'އަ ވެރީ ޖޯނަސް ކްރިސްމޫވީ' ގެ ހާއްސަ ފެނިލުމަކުންނެވެ.
އޭގެ ކުރިން މިދިޔަ އަހަރުގެ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ ގެނެސްދިން އެކްޝަން ކޮމެޑީ 'ހެޑްސް އޮފް ސްޓޭޓް' އިން ވެސް ޕްރިޔަންކާ ފެނިފައިވެ އެވެ. އޭގެ ބަތަލުންނަކީ އިޑްރިސް އެލްބާ އާއި ޖޯން ސީނާ އެވެ.