Last Updated: June 6, 13:14
Saturday, June 6, 2026
ޚަބަރު

ބަނގުރަލާ އެކު ހައްޔަކުރި ބަޔަކު ބަންދަށް

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން އެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

އެގޮތުން އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރި އިރު 23 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާލެ/ ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝްމ 43، އާއި ޅ. ހިންނަވަރު، ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން، 31، ގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވެ އެވެ.

އަދި އަނެއް ދެ މީހުން ޝަރުތުތަކަކާ އެކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.