Last Updated: June 6, 13:14
Saturday, June 6, 2026
ޚަބަރު

ތުޅާދު އާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ހުޅުވާލައިފި

ތުޅާދޫ: އެ ރަށުގައި 100 ހައުސިން ޔުނިޓް އަޅާފައިވޭ.

ބ. ތުޅާދު އާއި ތ. ވިލުފުށީގައި ޢިމާރަތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ތުޅާދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓާއި، ވިލުފުށީގައި ޢިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ޝަރުތު ހަމަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރިލް މަހުގެ 11 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ވަނީ ހައުސިންގ ޔުނިޓް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން (4004900) އަށް ގުޅައުގެން ނުވަތަ ވެބްސައިޓުން ވެސް ބެލޭނެ އެވެ.