Last Updated: May 1, 06:04
Thursday, May 1, 2025
ޚަބަރު

ހުކުމް ވިއްކައިގެން ކައިބޮއެ އުޅޭ ފަނޑިޔާރުންގެ ޖަގަހަ އަކީ ޖަހަންނަމައިގެ ވޭންދެނިވި އަޒާބު: ޝެއިޚް މުހައްމަދު ޝާފިޢު

ހުކުމް ވިއްކައިގެން ކައިބޮއެ އުޅޭ ފަނޑިޔާރުންގެ ޖަގަހަ އަކީ ޖަހަންނަމައިގެ ވޭންދެނިވި އަޒާބު ކަމަށް ޝެއީޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

ޝެއިޚް މުޙައްމަދު ޝާފިޢު މިގޮތަށް ވިދާޅުވެފައި ވަނީ އެބޭފުޅާގެ ފޭސްބުކްގައި އިއްޔެ ޝާޢިއު ކުރެއްވި ލިޔުމެއްގައެވެ.

މީގެ އިތުރުން ޙުކުމް ވިއްކައިގެން އުޅޭ ކައިބޮއެ އުޅޭ ފަނޑިޔާރުންނަކީ އިސްލާމްދީނުގެ ޢަދުއްވުން ކަމަށް ވެސް ޝެއިޚް ޝާފިޢު ވަނީ ވިދާޅުވެފައެވެ.
Untitled
"ޙުކުމް ވިއްކައިގެން ކައިބޮއެ އުޅޭ ފަނޑިޔާރުންގެ ޖަގަހަ އަކީ ޖަހަންނަމައިގެ ވޭންދެނިވި ޢަޒާބެވެ. އިސްލާމްދީން އައީ ޢަދުލުވެރިކަން ޤާއިމްކުރުމަށް ޓަކައެވެ. އެމީހުންނަކީ އިސްލާމްދީނުގެ ޢަދުއްވުންނެވެ." ޝެއިޚްގެ ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

ޙުކުމް ވިއްކައިގެން އުޅޭ ފަނޑިޔާރުންނާއި ބެހޭގޮތުން ޝެއިޚް ޝާފިޢު މިގޮތަށް ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވާ ކަމުގެ ތުހުމަތު ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.