Last Updated: June 6, 12:59
Saturday, June 6, 2026
ދުނިޔެ

ދެ ގައުމަކުން 'ގްރޮކް' މަނާކޮށްފި

މީސްމީހުންގެ ބަރަހަނާ މަންޒަރު އުފައްދައި، ބޭއަދަބީ މުއާމަލާތްތަކެއް ހިންގާ މައްސަލަ ބޮޑުވެ މެލޭޝިއާ އާއި އިންޑޮނީޝިއާގައި ގްރޮކް މަނާކޮށްފި އެވެ.

ގްރޮކް އަކީ މަހުޖަނު އީލޮން މަސްކްގެ އެކްސްގެ ދަށުން ހިންގަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް އޭއައި) ޗެޓްބޮޓެކެވެ. މި ބޭނުން ނުކުރެވޭ ގޮތަށް މެލޭޝިއާ އާއި އިންޑޮނީޝިއޯ އިން ހެދީ މި ފަހަކަށް އައިސް އެ ޓޫލް ބޭނުންކޮށް، މީސްމީހުން 'ބަރަހަނާކުރާ' މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.

ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ އެފަދަ މަންޒަރުތައް ގްރޮކްގައި އުފައްދާ މައްސަލަ ވަރަށް ބޮޑުވެފައިވެ އެވެ.

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަަޅެއްގެ ގޮތުން މެލޭޝިއާ އާއި އިންޑޮނީޝިއާގައި ގްރޮކް ބްލޮކްކުރި އިރު، މިއީ އެ ޓޫލް އެންމެ ފުރަތަމަ މަނާކުރި ދެ ގައުމު ވެސް މެ އެވެ.