Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

2024 ގައި ވަގަށް ނެގި ފޯނެއް ހޯދުނީ އިއްޔެ!

މީގެ ދެ އަހަރު ކުރިން ވަގަށް ނެގި ފޯނެއް ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.

އައްޑޫ ފޭދޫ ގެއަކުން ފޯނެއް ވަގަށް ނެގި މައްސަލަ ގަން ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ އޮގަސްޓް 13، 2024 ގައި ކަމަށް އައްޑޫ ފުލުހުން މިއަދު ބުންޏެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިތާ ދެ އަހަރެއްހާ ދުުވަސް ފަހުން ފޯނި ހޯދިފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފޯނު ފެނުނީ ބިދޭސީއަކަށް ވިއްކާލާފައި ވަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.