Last Updated: June 6, 13:14
Saturday, June 6, 2026
ޚަބަރު

ކަންނެލި ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް: ޔުނިއަން

މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން މަރުހަބާ ކިޔައިފި އެވެ.

ކަނޑުއޮތްގިރި އަށް ބޮޑުކަންނެލި ގަންނަން ފެށީ އިއްޔެ އެވެ. އެގޮތުން ކަނޑުއޮތްގިރިން ބޮޑުކަންނެލި ކިލޯއެއް 25ރ. ގެ މަގުން ގަންނަމުން ދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު އިއްޔެ ވިދާޅުވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ އިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮތް މަސްވެރި ކަމަކަށް ވިޔަސް މިހާތަތަނަށް މިފްކޯއަށް ބޮޑު ކަންނެލި ނުކިރުމަކީ އެ މަސްވެރިކަމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންވެ މިކަމަށް ހައްލެއް ހޯދައި ދޭން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން އިން މިހާތަނަށް ސަރުކާރަށް އެކި ފަހަރު މަތިން ގޮވާލައި އެކަމާ ގުޅޭ މަޝްވަރާތަކެއް ވެސް ކޮށްފައިވެ އެވެ.

ޔުނިއަން އިން މިކަމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ފަހުން ބޮޑު ކަންނެލި މިފްކޯ އަށް ގަންނަން އިއްޔެ ފެށުމާ ގުޅިގެން ޔުނިއަން އިިން ބުނީ ކުދި އަދި ރިޖެކްޓް ކަންނެލި މިފްކޯ އަށް ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށް ދެކޭ ކަމަށެވެ.

"އުންމީދު ކުރަނީ މަޝްވަރާ ކުރެވުނު އަގު ކުދި އަދި ރިޖެކްޓް ކަންނެއްޔަށް ދީ ސަރުކާރުގެ ރިޔާސީ ވަޢުދާ އެއްގޮތަށް މިފްކޯ އަށް ބޮޑުކަންނެލި ވީހާ ވެސް އަވަހަކަށް ގަންނަން ފެށުން." ޔުނިއަން އިން ބުންޏެވެ. ⁦‪