Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސްޓޫޑެންޓް ލޯނުގައި ކިޔަވަނީ 1،740 ދަރިވަރުން

ސްޓޫޑެންޓް ލޯނުގައި މި ވަގުތު 1،740 ދަރިވަރުން ކިޔަވަމުން އަންނަ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ރާއްޖެ އާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. ދަރިވަރުން ކިޔެވުމަށް މިދިޔަ އަހަރު 548.16 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައުވާ ތަފާސްހިސާބުތަކަށް ބަލާ އިރު، ލޯނުގައި ކިޔަވަމުން އަންނަ 1،740 ދަރިވަރުންގެ ތެރެއިން 1،072 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. އަދި ފިރިހެން ދަރިވަރުންގެ އަދަދަކީ 668 އެވެ.

މިދިޔަ އަހަރު ސްޓޫޑެންޓް ލޯނުގައި 596 ދަރިވަރުން ރަޖިސްޓްރީވެފައިވާއިރު، 660 ދަރިވަރުން ދަސްވެނިވިފައިވެ އެވެ. އޭގެ އިތުރުން މިހާތަނަށް ސްޓޫޑެންޓް ލޯނަށް 1،438 ދަރިވަރުން ރަޖިސްޓްރީވެފައިވާ އިރު، 1،211 ދަރިވަރުން ދަސްވެނިވިފައިވެ އެވެ.

ސްޓޫޑެންޓް ލޯނަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 1.24 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ސްކޮލާޝިޕްތަކަށް ބަލާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި މިވަގުތު 602 ދަރިވަރުން ދަނީ ތައުލީމް ހާސިލުކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 388 އަންހެން ދަރިވަރުންނާއި 214 ފިރިހެން ދަރިވަރުންނެވެ.