Last Updated: June 6, 13:41
Saturday, June 6, 2026
ޚަބަރު

ޔޫއްޕެ އަށް ޓިކެޓް ގެއްލުނީ އެންމެ ވޯޓަކާ ހެދި!

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރަން ޕްރައިމަރީގައި ވާދަކުރި މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަށް އެންމެ ވޯޓެއްގެ ތަފާތުން ޓިކެޓް ގެއްލިއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕީއެންސީން ޕްރައިމަރީ ބޭއްވިއިރު މައްސަލަ ޖެހިގެން މިއަދާ ހަމައަށް އެއް ދާއިރާއެއްގެ ވޯޓްގެ ނަތީޖާ އޮތީ އިއުލާނު ނުކޮށެވެ. އެ ދާއިރާއަށް ޔޫއްޕެ ހިމެނޭހެން ހަތަރު މީހަކު ކުރިމަތިލި އެވެ. އެއީ އާދަމް އަލީމާއި ޙުސައިން އިސްޙާޤާއި އިމްތިޔާޒް މުޙައްމަދެވެ.

މައްސަލަ ހައްލުކޮށް ވޯޓް އަލުން ގުނާ މިހާރު ވަނީ ނަތީޖާ އިއުލާނުކޮށްފަ އެވެ. އެންމެ ގިނަ ވޯޓް ލިބުނީ އާދަމް އަލީމަށެވެ. އެއީ 58 ވޯޓެވެ. ޔޫއްޕެ އަށް ލިބުނީ އެއް ވޯޓް މަދުން 57 ވޯޓެވެ. އިސްޙާޤަށް 25 ވޯޓު ލިބުނުއިރު، އިމްތިޔާޒަށް ލިބުނީ 20 ވޯޓެވެ.

އެ ދުވަހު ވޯޓްގެ ނަތީޖާ އިއުލާނު ކުރަމުން ދަނިކޮށް މީހަކު ހަމަނުޖެހުން އުފެއްދީ އިތުރަށް ވޯޓްލީ ކަމަށް ބުނެ އެވެ. އޭނަ ވަނީ ގުނަމުން ދިޔަ ކަރުދާސް ކޮޅެއް އޮފިޝަލުން އަތުން އަތުލާ ވީދާލަން މަސައްކަތް ކޮށްފަ އެވެ.

ޕީއެންސީން ބުނީ މައްސަލަ ބެލުމުން އިތުރަށް އެންމެ ވޯޓެއް ވެސް ލާފައި ނެތް ކަމަށެވެ. އެހެން ކަމުން އަލުން ވޯޓް ގުނީ އެވެ.