Last Updated: June 6, 12:59
Saturday, June 6, 2026
މުނިފޫހިފިލުވުން

ރާނީގެ 'މަރުދާނީ 3' ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީގެ 'މަރުދާނީ' ފްރެންޗައިޒްގެ ތިން ވަނަ ބައިގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނު ބަތަލާ ފުލުހެއްގެ ރޯލު ކުޅެފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 30 ގަ އެވެ. ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ 'މަރުދާނީ 3' އަކީ އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"މަރުދާނީ" ގެ ފުރަތަމަ ބައި 2014 ގައި ގެނެސްދިނުމަށް ފަހު "މަރުދާނީ 2" ރިލީޒްކުރީ 2019 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރަދީޕް ސަރުކާރެވެ. އަދި ދެވަނަ ބައި ޑައިރެކްޓްކުރީ ގޯޕީ ޕުތުރާނެވެ.

'މަރުދާނީ' ގެ ފުރަތަމަ ދެ ބައި ވެސް ވަރަށް ކާމިޔާބެވެ.

'މަރުދާނީ 3' ގެ އިތުރުން ރާނީގެ އެހެން ފިލްމެއް ވެސް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ އަހަރުގެ ފަހުކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' އެވެ.