Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

ކޯޗަކު ކުޅުންތެރިއަކާ ބެހުނު މައްސަލައެއް ބަލަނީ

ކުޅިވަރު ކޯޗަކު ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކުޅިވަރު އެސޯސިއޭޝަނެއްގައި އެތުލީޓުން ތަމްރީން ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވެނީ ވޮލީބޯލް އެސޯސިއޭޝަންގެ ކޯޗެއްގެ މައްޗަށެވެ.