Last Updated: June 6, 13:41
Saturday, June 6, 2026
ޚަބަރު

ވީއައިއޭގައި ވެހިކަލްތަކުން ނަގާ ފީ ބޮޑުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެކި އޮޕަރޭޝަންތަކާއި ފަސިންޖަރުންގެ ހިދުމަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކުން ނަގާ ފީތައް ބޮޑުކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އަގުތައް ކަނޑައަޅަނީ ސެޓްފިކެޓް އޮފް އެންޓައިޓްލްމަންޓް ސީއޯއީ) ނިޒާމެއްގެ ދަށުން، އަހަރީ ސީއޯއީ ޕާމިޓެއް ދޫކުރާ ގޮތަށެވެ. އެގޮތުން، ދެ ކެޓަގަރީއަކަށް ބަހާލައިގެން މި އަހަރަށް ކަނޑައެޅި ފީތަކަށް ބަލާ އިރު އޮޕަރޭޝަނަލް ވެހިކަލް: ސްޓޭންޑަޑް ރޭޓު އަހަރަކަށް 3،000 ޑޮލަރަށް، ޕްރިމިއަމް ވެހިކަލް: ސްޓޭންޑަޑް ރޭޓު އަހަރަކަށް 24،000 ޑޮލަރަށް ބޮޑުކޮޑްފައިވެ އެވެ. އެ ކެޓަގަރީން މި އަހަރަށް ދޭނީ 14،400 ޑޮލަރުގެ ޑިސްކައުންޓެކެވެ.

ޕްރިމިއަމް ވެހިކަލްތަކަށް މިއަހަރު ދޭން ކަނޑައެޅި ޑިސްކައުންޓު އަގު ލިބޭނީ މިހާރު ބޭނުންކުރަމުން އަންނަ ވެހިކަލްތަކަށެވެ. އާ އުޅަނދުތަކުން ފީ ދައްކަން ޖެހޭނީ ސްޓޭންޑަޑް ރޭޓުގަ އެވެ.

މިހާތަނަށް ވެހިކަލްތަކުން ފީއެެއްގެ ގޮތުގައި ނަގަމުން އައީ އަހަރަކަށް 250-500 ޑޮލަރެވެ.