Last Updated: July 10, 03:51
Friday, July 10, 2026
ޚަބަރު

ދުވާފަރަށް ޑްރަގް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަޙްމަދު (40އ) އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަ އެވެ.

ފުލުހުން ބުނީ ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ދުވާފަރު ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް މަޙުމޫދު ފަސް ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންނެވެ.