Last Updated: July 10, 03:51
Friday, July 10, 2026
ކުޅިވަރު

ރެއާލްގެ ކޯޗުކަމުން އޮލޮންސޯ ވަކިވެއްޖެ

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ޒަބީ އޮލޮންސޯ އެ މަގާމުން ވަކިވެއްޖެ އެވެ.

ރެއާލްގެ ކޯޗުކަމުން އޮލޮންސޯ ވަކިވެފައިމިވަނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި 3-2 އިން ރެއާލް ބަލިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ކުރިން ބަޔާ ލެވަކޫސަނަށް ކޯޗުކޮށްދިން އޮލޮންސޯ ރެއާލްއާ ގުޅުނީ މިދިޔަ މެއި މަހުގެ ތެރޭގައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޮލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެ ރެއާލުން 22 މޮޅު ހޯދިއިރު، ފަސް މެޗުން ވަނީ ބަލިވެފަ އެވެ.

ރެއާލް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ހަތަރު ޕޮއިންޓު ފަހަތުން ލީގުގެ ދެވަނައިގަ އެވެ.

އޮލޮންސޯ މަގާމުން ވަކިވުމުން ރެއާލްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކްލަބުގެ ޔޫތް ޓީމުގެ ކޯޗު އަލްވަރޯ އާބެލޯއާ އެވެ.