Last Updated: June 6, 13:41
Saturday, June 6, 2026
ޚަބަރު

ޕީއެންސީ އޮފީހުގެ ޖޫރިމަނާ ދައްކައިފި

ޕީއެންސީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ބޮޑު އޮފީސް އިމާރާތް ހެދުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި އިމާރާތް ކުރުމުން އެ ބިމުގެ ވެރިފަރާތް ކުރި ޖޫރިމަނާ ދައްކައިފި އެވެ.

އެ އޮފީސް ހުންނަ ހ. ވެޔޮވިލާގެ ގޭގެ ވެރި ވެރިފަރާތް މިދިޔަ މަހުގެ 25 ގައި މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކުރީ، 128,545ރ. އަށެވެ.

ކައުންސިލުން ބުނީ ޖޫރިމަނާ ދެއްކުމަށް ފަހު، އާ ކުރެހުމެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީއެންސީ އޮފީސް ހިންގާ އިމާރާތަކީމީގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވެސް އެ ޕާޓީތަކުގެ ހަރުގެ ހިންގި ތަނެވެ.