Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫގެ ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ އައްޑޫ ފޭދޫ، މުށިކުލާގޭ، އައިމިނަތު އިބްރާހީމް 57، އެވެ.

ކްރިމިނަލް ކޯޓްގެ ބަންދު އަމުރުގައިވާ ގޮތުން އޭނަ ހައްޔަރުކުރގެ އަތުން ނުވަތަ ގުޅުން ހުރި ތަނަކުން، ޓްރެފިކް ކުރި ކަމަށް ބަލާ މިންވަރުގެ ބަރުދަން ހުރިި މަސްތުވާތަކެތި ފެނިގެންނެވެ. ނަމަވެސް ތުހުމަތަށް އައިމިނަތި އިންކާރުކުރާކަން ކޯޓު އަމުރުން އެނގެ އެވެ.

އަމުރުން އެނގޭ ގޮތުގައި އައިމިނަތަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި ކުރު މުއްދަތަކަށް ބަންދުކުރަން އަމުރުކުރީ އޭނަ އަށް ވަކީލެއް ހަމަޖެހިފައި ވިޔަސް އެ ވަކީލު އަދި ކޯޓަށް އައްޔަންވެފައި ނުވާތީ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން މިހާރު އަންނަނީ މުޅި ރާއްޖެ އަމާޒުކޮށްގެން "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.