Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޅެން ހެދުމުގެ މުބާރާތަކަށް ހުޅުވާލައިފި

ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފު އަލީ.

މި އަހަރުގެ ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ދިވެހި ބަހުގެ އެކެޑެމީން ސަމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.

މި މުބާރާތަކީ، ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތައް ޝައުގުވެރި ކުރުވުމާއެކު ދިވެހި ބަހުން ސަމާސާ އަދަބުގެ ޅެން ހެދުމުގެ ހުނަރު އާލާކޮށް އެ ފަންނުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

އެހެންވެ ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އެކަޑެމީން ބުނީ މުބާރާތަށް ޅެން ހުށަހަޅާ އިރު، ޅެން ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަން ޖެހޭނެ ކަމަށެވެ. އެވެ. އަދި ޅެމާއެކު އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ

މުބާރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން ގަދަ ތިނެއް ހޮވާނެ އެވެ.

ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ 15 އެވެ.