Last Updated: June 6, 11:37
Saturday, June 6, 2026
މުނިފޫހިފިލުވުން

ރާޝާގެ އާ ފިލްމެއްގެ ޕޯސްޓަރެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު، ރާޝާ ތަޑާނީގެ އާ ފިލްމެއްގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

'ލައިކީ ލައިކާ' ގެ ނަން ދީފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ.

ފިލްމުގެ ބަތަލަކީ އަރަމުން އަންނަ ޒުވާން އެކްޓަރު އަބޭ ވަރުމާ އެވެ. އޭނަ އަކީ ބޮލީވުޑްގެ 2024 ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ 'މުންޖިއާ' ގެ ބަތަލެވެ. އަބޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' ވެސް ހިމެނެ އެވެ.

މިހާރު ތެލެގޫ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ރާޝާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ޑައިރެކްޓަރު އަބީޝެކް ކަޕޫރް ގެނެސްދިން 'އާޒާދު' އިންނެވެ. އެ ފިލްމަށް ބެލުންތެރިންގެ މާާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ރާޝާގެ އެކްޓިންް އަށް ނެށުމުގެ ހުނަރަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

ވަރަށް އުންމީދީ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރާޝާ މިހާރު ކުޅެމުން އަންނަ ތެލެގޫ ފިލްމަކީ 'ސްރިނިވާސާ މަންގަޕޫރަމް' އެވެ. މި ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އަށް ބޮޑުބޭބެ ކިޔާ ޖަޔަ ކްރިޝްނާ ގައްޓަމްމަނޭނީ ތައާރަފުކުރާ ފިލްމެވެ.