އުމްރާގެ އަޅުކަމަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ އަހުމަދު ލަތީފް ނަމަކަށް ކިޔާ ފިރިހެނެކެވެ. ވެމްކޯގައި ވަޒީފާ އަދާކުރަމުން އައި މީހާ އއ. ތޮއްޑު އަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
އުމްރާގެ އަޅުކަމަށް ފަހު ލަތީފް އެނބުރި ރާއްޖެ އައިސްފައި ވަނީ މި ހަފުތާގެ ތެރޭގައި ކަމަށް އެނގިފައިވެ އެވެ.
ޢުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ޙާލު ދެރަވި ދިވެއްސަކު ދާދިފަހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް ދިޔަ އެވެ. އަދި އުމްރާ އަށް ގޮސް އުޅެނިކޮށް ދެ މީހަކު ނިޔާ ވެސް ވެފައިވެ އެވެ.