Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޗަމްޕާ ރިސޯޓްސްގެ މުވައްޒަފުންގެ މުސާރަ ޑޮލަރުން

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ހުރިހާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރައާއި އިނާޔަތްތައް ދޭން ފެށިތާ މިހާރު ވަނީ ދެތިން މަހެއް ވެފަ އެވެ. އަދި މި މަހުން ފެށިގެން އެ ކުންފުނިން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް ވެސް ޑޮލަރުން މުސާރައާއި އިނާޔަތްތައް ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ ކުންފުނިން ކުރިން މުސާރަ ދެމުން އައީ ރުފިޔާއިންނެވެ. ނަމަވެސް އޭރުވެސް ސާވިސް ޗާޖް ދެމުން އައީ ޑޮލަރުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ބްރޭންޑް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ކުންފުނީގެ ޖުމްލަ 11 ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.