ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް" ފ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިއްޖެ އެވެ.
އެ ސްކޫލަށް އެ އެވޯޑް ލިބުނީ، "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް؛ ސައުތު އޭޝިއާ" ކެޓަގަރީންނެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒަށް އެވޯޑް ލިބުނީ ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ސާފު ހަކަތާއި ބޯފެން ފޯރުކޮށް ދިނުމަށް ކުރި މަސައްކަތް ފާހަގަކޮށެވެ. އެގޮތުން ސާފު ހަކަތަ ބޭނުން ކޮށްގެން ފެންފޯރުކޮށް ދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން އަހަރަކު 1،200 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓުވެ އެވެ.
އެވޯޑް ދިނީ އެ ސްކޫލުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ސްކޫލުގެ ދަރިވަރުން ހިންގި އެ ޕްރޮޖެކްޓްގައި، އިރުގެ ހަކަތަ އާއި ވައިގެ ހަކަތަ ބޭނުންކުރުމާއި ވާރޭފެން ރައްކާ ކުރުމާއި ފެން މެނޭޖުކުރުން ހަރުދަނާ ކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ހައިޑްރޯޕޮނިކްސް ބޭނުންކޮށްގެން ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ.
މީގެ ކުރިން ވެސް ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒަށް ފ. އޭއީސީން ހުށައެޅި ޕްރޮޖެކްޓެއް ނޮމިނޭޓްވެފައިވެއެ ވެ.
ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހުޔާންގެ ނަންފުޅުގައި ދޭ އިނާމެކެވެ.
މި އިނާމު ކުރިން އައްޑޫ ހައި ސްކޫލާއި އައްޑޫ ހިތަދޫ ހިރާ ސްކޫލަށް ވެސް ލިބިފައިވެ އެވެ،