މޯލްޑިވް ގޭސް އިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީ (އެސްއޯއީ) ކޮމެޓީން ބަލައި ދޭން ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރެވެ.
އެކަމާ ގުޅޭ ގޮތުން އޭނަ އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ނޫސް މަޖައްލާތަކުގައާއި މީސް މީޑިއާގައި އިތުބާރު ހިފޭ ފަދަ ލިޔެކިޔުންތަކެއްގެ މައްޗަށް ބިނާކޮށް މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024 ގައި އޯޑަރުކޮށްފައިވާ 800.000 ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246 ޑޮލަރާ ގުޅޭ މައްސަލައަކީ، ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމުން، އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް މަޖިލީހުގެ އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ހިންގައިދިނުމަށް އެދޭ ކަމަށެވެ.
އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ސޯޝަލް މީޑިއާގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާތީ، އެކަން ވެސް ކޮމިޓީން ބަލައި ދިނުމަށް އެދޭ ކަމަށް ވިދާޅުވެފައިވެ އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.