Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އެމްއައިބީއާއެކު ޑީއާއެންއާރް އިން އެއްބަސްވުމެއް

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބަލަހައްޓަމުން އަންނަ ދިވެހިރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީއެންއާރްގެ އޭޕީއައި ލިންކް މެދުވެރިކޮށް ވެރިފައިކުރުމެވެ. އެގޮތުން ޑީއެންއާރް އިން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށް ދެމުން ގެންދާ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.

ޑީއެންއާރުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ވެސް މަޢުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައވެ އެވެ.