Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

އިނގިރޭސި ދެމަފިރިޔަކު ރާއްޖޭގައި މަރުވެއްޖެ

ޗުއްޓީ އަށް ރާއްޖެ އަށް ކުރި 60 ވަނަ ދަތުރުގައި އައި އިނގިރޭސިވިލާތުގެ ދެމަފިރިއަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑައިވް ކުރަން އުޅެނިކޮށް މަރުވެފައި ވަނީ މަލްކޮލް ރިޗްމަންޑް، 71، އާއި އަންހެނުން އެލައިން ރިޗްމަންޑް، 70، އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ކުރި ދަތުރުގައި ދެމަފިރިން މަރުވީ އދ. އެއްލައިދޫ ރިސޯޓްގަ އެވެ. ދެމަފިރިން މަރުވީ ޑައިވް ކުރަނިކޮށް މިދިޔަ މަހު 19 ގަ އެވެ. ނޫސްތަކުން ބުނީ މަލްކޮމް މަރުވީ ޑައިވް ކުރަން އުޅެނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މިދިޔަ މަހުގެ 22 ގައި ކަމަށެވެ.

ރިޗްމަންޑްގެ ދެމަފިރިން މިދިޔަ އަހަރު ރާއްޖެ އަށް ތިން ފަހަރެއްގެ މަތިން ޒިޔާރަތްކޮށްފައިވާ އިރު، ފާއިތުވި 17 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އެ މީހުން ރާއްޖެ އަށް ޗުއްޓި އަށްދާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

ދެމަފިރިންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ގައި އިނގިރޭސިވިލާތުގެ ބްރިމިންޓަންގަ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.