Last Updated: July 10, 10:08
Friday, July 10, 2026
ޚަބަރު

ބަންގްލަދޭޝުން ނިންމުން ބަދަލުކޮށްފި، އޮން-އެރައިވަލް ވިސާ ލިބޭނެ

ފޮރިން މިނިސްޓްރީ

ބަނގްލަދޭޝްގައި އަންނަ މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 12ވަނަ ދުވަހު އޮންނަ ބަންގްލަދޭޝްގެ އާންމު އިންތިހާބާ ގުޅިގެން، ޖެނުވަރީ 15އިން ފެބްރުއަރީ 15ގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން ނިންމި ނިންމުން އަނބުރާ ގެނެސްފައިވާކަން އެގައުމުގެ ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ.

"އެހެންކަމުން ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ،" މިނިސްޓްރީން ބުންޏެވެ.