Last Updated: July 10, 10:08
Friday, July 10, 2026
ޚަބަރު

40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި

ދައުލަތުގެ ބަޖެޓުން 40 މީޑިއާއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން މި މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފަ އެވެ.

އެގޮތުން 40 މީޑިއާއަކަށް 27،295،532.69ރ. މިހާރު ޖަމާކޮށްފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފައިސާ ލިބުނު މީޑިއާތަކާއި ލިބުނު އަދަދު:

މިހާރު: 793،214.45ރ.
ދި އެޑިޝަން: 633292.18ރ.
ސަންގު އޮންލައިން: 1،081،074.53ރ.
ސަން: 1،068،280.75ރ.
ވީނިއުސް: 997،914.95ރ.
އައިސް ޓީވީ: 908،358.48ރ.
ދިވެހި ޗެނަލް: 876،374.03ރ.
ވަގުތު: 754،833.10ރ.
ވަން އޮންލައިން: 710،054.87ރ.
ދައުރު: 697،261.09ރ.
ކޯޕަރޭޓް މޯލްޑިވްސް މެގަޒިން: 690،864.20ރ.
ވޮއިސް އެމްވީ: 690،864.20ރ.
ގާފު އޮންލައިން: 678،070.42ރ.
ހަލި ނިއުސް: 678،070.42ރ.
އަސްލު ނިއުސް: 678،070.42ރ.
ދަ ޕްރެސް: 665،276.63ރ.
ދިޔަރެސް ނިއުސް: 658،879.74ރ.
މުނިއަވަސް އޮންލައިން: 658،879.74ރ.
ދެން އޮންލައިން: 658،879.74ރ.
ތިލަދުން: 658،879.74ރ.
ހަބަރު އޮންލައިން: 639،689.07ރ.
ފަރަގު: 639،689.07ރ.
ފިޔަ އޮންލައިން: 639،689.07ރ.
ޖަޒީރާ ނިއުސް ހަބް: 633،292.18ރ.
ދުވަސް: 633،292.18ރ.
އިރުވަރު: 626،895.29ރ.
ހަފްތާ: 620،498.40ރ.
ތީރު މީޑިއާ: 620،498.40ރ.
އައްޑޫ ލައިވް: 607،704.62ރ.
މާލެ ޓައިމްސް: 601،307.73ރ.
ނާރެސް: 594،910.84ރ.
ހަމަ ނިއުސް: 582،117.06ރ.
މޯލްޑިވްސް ބިޒްނަސް ރިވިއު: 582،117.06ރ.
އޭދަފުށި ޓައިމްސް: 569،323.27ރ.
ހުވަދޫ މީޑިއާ: 562،926.38ރ.
ރާއްޖެ 24: 550،132.60ރ.
މާދަމާ ނިއުސް: 530،941.93ރ.

މާލީ އެހީތެރިކަމަށް ޝަރުތު ހަމަވާ މީޑިއާތަކުގެ މައުލޫމާތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ފައިސާ ލިބުމަށް ޝަރުތު ހަމަވަނީ ފޯމުތައް އިވެލުއޭޓް ކުރުމަށް ފަހު 100އިން 60 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީޑިއާ ތަކަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނޫސްތަކަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންފަ އެވެ.