އަހަރުގެ ފުރަތަމަ ކުރޫޒްލައިނާ މާލޭގައި ބަނދަރުކޮށްފި އެވެ.
ރާއްޖެ އައިސްފައި ވަނީ 'އެމްއެސް ކްރިސްޓަލް ސިމްފަނީ' އެވެ. މި ކުރޫޒްލައިނާ ރާއްޖެ އައީ ސީޝެލްސްގެ މަހޭއިން ފުރައިގެން ނެވެ.
އިމިގްރޭޝަނުން ބުނީ މި ކުރޫޒްލައިނާގައި 479 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށާއި އޭގައި ކުރޫންގެ ގޮތުގައި 491 މީހަކު ވެސް ތިބި ކަމަށެވެ. އަދި އެ ހުރިހާ އެންމެނަށް ޕޯޓް ކްލައިއަރެންސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކްރޫޒް ލައިނާތަކުގައި އަންނަ ޓޫރިސްޓުން ބާލަން ހުއްދަދީފައި އޮންނަނީ އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދަށެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގިނަ އަދަދެއްގެ ޓޫރިސްޓުންނާ އެކު ކްރޫޒް ލައިނާތައް ޒިޔާރަތްކުރެ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ހިމެނެ އެވެ.