Last Updated: June 6, 11:37
Saturday, June 6, 2026
މުނިފޫހިފިލުވުން

'ދަ ބްލަފް' ގެ ޕޯސްޓަރާއި ޓްރެއިލާ އާންމުކޮށްފި

ޕްރިޔަންކާ ޗޯޕްޅާގެ އާ ފިލްމު 'ދަ ބްލަފް' ގެ ޕޯސްޓަރާއި ޓްރެއިލާ އާންމުކޮށްފި އެވެ.

އޭނަ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެފައިވާ މި އެކްޝަން ތުރިލާ އަކީ ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. 'ދަ ބްލަފް'ގެ ކާސްޓްގައި ކާލް އާބަން، އިސްމާއީލް ކްރޫޒް ކޯޑޯވާ، ސާފިއާ އޯކްލޯ ގްރީން، ޒެކް މޮރިސް އަދި ޑޭވިޑް ފީލްޑް ހިމެނެ އެވެ.

މި ފިލްމު ބެލުންތެރިިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.

ޕްރިޔަންކާގެ އެންމެ ފަހުން ފެނިފައި ވަނީ އޭނަގެ ފިރިމީހާ ނިކް ޖޯނަސް ހިމެނޭ އާއިލީ ބޭންޑް ޖޯނަސް ބްރަދާސްގެ ތިން ބެއިންނާ އެކު މިދިޔަ ނޮވެމްބަރު މަހު ގެނެސްދިން ކްރިސްމަސް މިއުޒިކަލް ކޮމެޑީ 'އަ ވެރީ ޖޯނަސް ކްރިސްމޫވީ' ގެ ހާއްސަ ފެނިލުމަކުންނެވެ.

އޭގެ ކުރިން މިދިޔަ އަހަރުގެ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ ގެނެސްދިން އެކްޝަން ކޮމެޑީ 'ހެޑްސް އޮފް ސްޓޭޓް' އިން ވެސް ޕްރިޔަންކާ ފެނިފައިވެ އެވެ. އޭގެ ބަތަލުންނަކީ އިޑްރިސް އެލްބާ އާއި ޖޯން ސީނާ އެވެ.