Last Updated: June 6, 13:14
Saturday, June 6, 2026
ޚަބަރު

ދ. އަތޮޅު ހޮސްޕިޓަލްގައި ޓޮބޭކޯ ސެޒޭޝަން ތަމްރީން

ދ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ޓޮބޭކޯ ސެޒޭޝަން ތަމްރީން ދީފި އެވެ.

މިއީ އަތޮޅު ހޮސްޕިޓަލުން ދުންފަތުން ދުރުހެލިވާން ބޭނުންވާ މީހުންނަށް ދޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނެެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

މި ތަމްރީން ޕްރޮގްރާމުގައި ޑޮކްޓަރުންގެ އިތުރުން ޞިއްހީ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވި އެވެ.

ރާއްޖޭގައި ތުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވެސް ބޮޑުކޮށްފައިވެ އެވެ.