Last Updated: June 6, 13:14
Saturday, June 6, 2026
ޚަބަރު

ސްޕޯޓްސް އެވޯޑް މެނޭޖްކޮށް ދޭނެ ބަޔަކު ހޯދަނީ

މި އަހަރު ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025" ހަފުލާ މެނޭޖްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަހަޅާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައު 10،000ރ. އަދި ޕްރޮޖެކްޓްގެ ވެލިއުގެ އަދަދު 500،000ރ. އަށް ވުރެ މަތިވާ ނަމަ ޕަފޯމަންސް ސެކިއުރިޓީ އަށްޕ ޕްރޮޖެކްޓް ވެލިއުގެ ޕަސް ޕަސެންޓް ވެސް ހުށަހަޅަން ޖެހެ އެވެ.

މީ ބީލަމާ ބެހޭ އިތުރު މައުލޫމާތު 3347884 އަދި 3347300 އިން ހޯދޭނެ އެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025" ހަފުލާ އަށް ތައްޔާރުވަމުން އަންނަ އިރު، އެ ހަފުލާ ބާއްވާނެ ތާރީހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

މި އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. އަދި މި އެވޯޑް ދެމުން އަންނަނީ 2022 އިން ފެށިގެންނެވެ. އަދި އެންމެ ފަހުން އެވޯޑް ހަފުލާ ބޭއްވީ 2024 ގަ އެވެ.